ވިލިމާލޭގައި މި މަހުގެ 8 ވަނަ ދުވަހު ހިންގި ޚާއްޞަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ފިލްމީ ތަރިން ހިމެނޭ ގޮތަށް ހަތަރު މީހުން ދޫކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގوتުގައި، މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕީޖީ އޮފީހަށް ފޮނުވުމާ ގުޅިގެން، ހައްޔަރުކުރި ތިން ފިލްމީ ތަރިން ކަމަށްވާ އަޙްމަދު އަޒްމީލާއި، އިސްމާއިލް ޖުމައިހުގެ އިތުރުން މުޙައްމަދު ވިޝާލް (ރޯމަން) ވަނީ ދޫކޮށްލާފައެވެ. އަދި ހަތަރުވަނަ މީހާ ކަމަށްވާ ޝާހިލް މުޙައްމަދު ދޫކޮށްލުމުގެ މަރުހަލާތައްވެސް ދަނީ ކުރިއަަށްދާ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ ތަފްޞީލު:
-
ހައްޔަރުކުރި ފަރާތްތައް: އަޙްމަދު އަޒްމީލް (44އ)، އިސްމާއިލް ޖުމައިހު (35އ)، މުޙައްމަދު ވިޝާލް (29އ) އަދި ޝާހިލް މުޙައްމަދު (42އ).
-
ތުހުމަތުތައް: ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުޅުވި ކޮޓަރިއެއްގެ މޭޒުމަތިން ޓްރެފިކިން މިންގަނޑަށް ފެތޭވަރަށް މަސްތުވާތަކެތި ފެނިފައިވާއިރު، އެ އެންމެންގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
މި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިން 15 ދުވަސް ދީފައިވާއިރު، މުއްދަތު ހަމަވާން އޮތީ އަންނަ ހޮނިހިރު ދުވަހަށެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ތިން ތަރިންގެ ތެރެއިން އަޒްމީލާއި ވިޝާލަކީ މީގެކުވެސް ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް ދެމީހުންނެވެ.





