މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެއްވި ހަތަރު ފަނޑިޔާރުން

މެޖިސްޓްރޭޓް ކޯޓުތަކަށް ހަތަރު ފަނޑިޔާރަކު އައްޔަނުކޮށް، އެ ބޭފުޅުން މަގާމުގެ ހުވައި ކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބޭފުޅުންނަށް ހުވައިލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޟީ އަލްއުސްތާޛާ މަރްޔަމް ވަހީދެވެ.

ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިމަތިލުމަށް ހުޅުވާލުމުން، އިންޓަވިއުއަށްފަހު އައްޔަންކުރެއްވި ހަތަރު ފަނޑިޔާރުންނަކީ:

  • އަލްއުސްތާޛު ފަތުޙުﷲ ޢަލީ (ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް): އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލުކުރައްވާފައިވާ، އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި 7 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އައްޔަންކުރެވުނުއިރު ހުންނެވީ އާރުޑީސީގެ މެނޭޖަރ ލީގަލްގެ މަގާމުގައެވެ.

  • އަލްއުސްތާޛާ ދިޔާނާ މަޖީދު (ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް): ޝަރުއީ ދާއިރާގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ، އަދި އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން އޮއިލްބިޒްގެ ލީގަލް ކައުންސިލްކަމާއި ފިއުލް އެކްސްޕްރެސްގެ ހެޑް އޮފް HR & ލީގަލް އެފެއާޒްގެ މަގާމު ފުރުއްވާފައިވެއެވެ.

  • އަލްއުސްތާޛު ޙުސައިން ރަމީޒް (ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް): ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވާފައިވާ، އަދި ޝަރުއީ ދާއިރާގައި 5 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އެސިސްޓެންޓްކަމާއި ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމު ފުރުއްވާފައިވެއެވެ.

  • އަލްއުސްތާޛާ މަރްޔަމް ޢާޞިރާ (ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް): ޝަރުއީ ދާއިރާގައި 13 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ، އަދި ވިއްލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ކޯޓަށް އައްޔަންކުރެވުނުއިރު ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައެވެ. މީގެއިތުރުން ޑްރަގް ކޯޓާއި، އޭސީސީ އަދި ޖޭއެސްސީގެ އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް