ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރި ދެ ބިދޭސީން

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ، ބޮޑު އަގުގައި އެ ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ރަސެލް މިއާ އެވެ.

މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެމްއެމްއެޭގެ ލައިސަންސެއް ނެތި ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރާ ފަރާތްތަކާބެހޭ މައުލޫމާތު ޓާސްކްފޯސްގެ ނަންބަރު 9388733 އަށް (ވައިބާ، ވަޓްސްއެޕް އަދި އެސްއެމްއެސް މެދުވެރިކޮށް) ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް