ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 އެމްއޯޔޫ (ނާއޮފް ފަހުމުނާމާ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސޮއިކުރި އެމްއޯޔޫތަކުގެ ތެރޭގައި:

  • ދަތުރުފަތުރާއި ވިޔަފާރި: ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަރުތައް އަލުން ފެށުމާއި، ދަނޑުވެރިކަމުގެ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރުން.

  • ޞިއްޙަތާއި އިޖުތިމާޢީ: ރާއްޖޭގައި މެޑިކަލް ސްކޫލެއް އިމާރާތްކުރުމާއި، ސިއްހީ ދާއިރާއިންނާއި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން.

  • އަމާންކަމާއި ރައްކާތެރިކަން: ސައިބާ ސެކިއުރިޓީ، މަސްތުވާތަކެތި ސްމަގްލްކުރުމާ ދެކޮޅަށް މަސައްކަތްކުރުން، ދިފާއީ ކަންކަމާއި ކަނޑުމަތީގެ ރައްކާތެރިކަން.

  • އެހެނިހެން ދާއިރާތައް: މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ދާއިރާތައް.

މިއަދު ހެނދުނު ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ދެ ޤައުމުގެ ރަސްމީ ވާހަކަތައް ބޭއްވިފައިވާއިރު، މިއީ ފާއިތުވި 10 އަހަރު ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނަށްފަހު ރައީސް މުޢިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރެއްވި ރާއްޖޭގެ 3 ވަނަ ރައީސެވެ.

ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅުގައި ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމާއި، ބިޒްނަސް ފޯރަމެއް ބޭއްވުންވެސް ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް