އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފައްޔާޒު އައްޑޫއަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް 8 ދުވަހުގެ މުއްދަތަކަށް އައްޑޫ ސިޓީއަށް ވަޑައިގަތުމުން، އެއާޕޯޓުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ދަތުރުގެ ތެރެއިން ދޮރުންދޮރަށް ހިންގުމާއި، "ބޮޑުބަދަލު" ސިޔާސަތުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ އިތުރުން ޚާއްސަ ޕޮލިސީ ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ފައްޔާޒުގެ އިތުރުން ތިން ބޭފުޅަކު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. އެއީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.

މި ކެންޑިޑޭޓުންގެ ތެރެއިން، ޕްރައިމަރީގެ މާ ކުރިން ރަނިންމޭޓަކު އިއުލާން ކުރެއްވި ކެންޑިޑޭޓަކީ ފައިސަލް ނަސީމެވެ. އޭނާގެ ރަނިންމޭޓަކީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ރަސްމީ ތާރީހެއް އެ ޕާޓީން އަދި އިއުލާނެއް ނުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް