ހުޅުމާލެ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ބަޔަކު ބަޑިތަކެއް ހިފައިގެން އުޅޭ މަންޒަރު ފެނުމާ ގުޅިގެން ފުލުހުން ހިންގި ހަރަކާތެއްގައި، އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކޮށްދީފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ވީޑިއޯއަކީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގާފައިވާ ކަމެކެވެ. ވީޑިއޯއިން ފެނުނު ރަތްކުލައިގެ ކާރު، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ވަނީ ހުއްޓުވާފައެވެ.

އެ ވަގުތު ކާރު ދުއްވަން އިން މީހާއާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކޮށްފައިވާ ކާރެއްކަން އެނގުމާއެކު، ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރި ކަމެކެވެ.

އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް