ހަރަދު ނުކުރާތީ، މާޓިނޭޒްގެ ފާޑުކިޔުން މެންޗެސްޓާ ޔުނައިޓެޑްގެ ބޯޑަށް

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށްފަހު، އެ ކްލަބުގެ އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ކްލަބުގެ ބޯޑަށާއި ޓެކްނިކަލް ޑިރެކްޓަރު ޖޭސަން ވިލްކޮކްސްއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ނިމިދިޔަ ސަމާ ޓްރާންސްފާގައި ޓީމު ވަރުގަދަކުރުމަށް އެކަށީގެންވާ ހޭދައެއް ކޮށްފައިނުވާ ކަމަށް ބުނެ މާޓިނޭޒް ނުރުހުން ފާޅުކުރީ، އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅެއް ނުލިބި، ފާއިތުވި 40 އަހަރުގެ ތެރޭގައި ޔުނައިޓެޑުން ސީޒަން އެންމެ ގޯސްކޮށް ފެށި ދަނޑިވަޅެއްގައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މާޓިނޭޒް ބުނީ، މި ނަތީޖާއަކީ ކްލަބުގެ މިހާރުގެ ހާލަތު އަންގައިދޭ އައިނެއް ކަމަށާއި، މިދިޔަ ސީޒަނުގައި ލީގުގެ ތިންވަނަ ހޯދުމަށްފަހު ޓީމު އިތުރަށް ވަރުގަދަކުރާނެ ކަމަށް އުންމީދުކުރި ކަމަށެވެ.

އަދި ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރުމަކީ ހައްލެއް ނޫން ކަމަށާއި، ޒިންމާ ނަގަންޖެހޭ އިތުރު ދާއިރާތައް ކްލަބުގައި އެބަހުރި ކަމަށް އޭނާ ފާހަގަކުރިއެވެ. މާޓިނޭޒްގެ މި ވާހަކަތަކާ ގުޅިގެން ކްލަބުގެ ކުރީގެ ފޯވާޑު ރޫނީ ބުނީ، މާޓިނޭޒްގެ ފާޑުކިއުންތައް މާ ދުރަށް ގޮސްފައިވާ ކަމަށާއި، އެއީ ކްލަބުގެ އެތެރޭގައި ބަހައްޓަންޖެހޭ ވާހަކަތަކެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް