ރައީސް މުއިއްޒު އާއި ބޮޑު ވަޒީރު މޯދީ

ރާއްޖޭގެ މާލީ ހާލަތަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ހަމަޖައްސައިދީފައިވާ 320 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު ރޯލްއޯވާކޮށްދޭން ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި މި މުއްދަތު ހަމަވާތީ، މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މި ސްވަޕްގެ މުއްދަތު ތިން މަހަށް ރޯލްއޯވާ ކޮށްދޭނެކަން ވަނީ ޔަގީންވެފައެވެ.

މި މާލީ އެހީތެރިކަމަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، މިއަހަރުގެ އެޕްރީލް 23 ގައި "ސާކް ގައުމުތަކަށް ޚާއްސަ ކަރަންސީ ސްވޮޕް އިންތިޒާމުގެ އޮނިގަނޑު" ގެ ދަށުން ދޫކުރި ފައިސާއެކެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުން ވަނީ މިދިޔަ މަހުވެސް އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައި ޚަލާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް