މާލެ އޭރިއާގެ 216 ފުލުހަކަށް ކުލައާއި މެޑަލް ދީފި

މާލެ އޭރިއާގައި މަސައްކަތްކުރާ 130 ފުލުހަކަށް ކުލަ އާއި 86 ފުލުހަކަށް މެޑަލް ހަވާލުކޮށްފިއެވެ.

ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކުރުމަށް އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދުއެވެ.އެމަނިކުފާނާއި އެކު އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މި ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލައްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ، ކުލައާއި މެޑަލް ލިބުނު ފުލުހުންނަށް މަރުހަބާ ދެންނަވާ އަދި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށްފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ 130 ފުލުހަކަށް ކުލައާއި 86 ފުލުހަކަށް މެޑަލް ލިބިފައިވާއިރު އޭގެ އިތުރުން، އަތޮޅުތެރޭގައި މަސައްކަތްކުރާ 40 ފުލުހަކަށް ކުލައާއި، 49 ފުލުހަކަށް މެޑަލް ހަވާލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް