މާލޭ ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި ގެއަށް ވަދެ ފޭރުނީ ކޮން އެއްޗެއްކަމާއި، އަދި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.





