ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވިޔަފާރިކުރުމުގައި އާންމުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވަނީ ރެޔާ ދުވާލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި އާންމުފަރާތަކުން "ޓީމޫ" ފަދަ ވެބްސައިޓްތަކުން ވިޔަފާރި ނުކުރެވޭތީ ކަންބޮޑުވުން ހާމަކުރުމުން، ރައީސް ވަނީ އެ މައްސަލައަށް އިރާދަކުރެއްވިއްޔާ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އޮންލައިން ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރުގެ ތާށިކަމާ ހުރެ އީކޮމާސް މުއާމަލާތްތަކަށް މަހަކު 16 މިލިއަން ޑޮލަރުގެ ލިމިޓެއް ކަނޑައެޅުމާ ގުޅިގެންނެވެ. އެގޮތުން ޓީމޫ ހިމެނޭ ކެޓަގަރީއަށް މަހަކު ތިން މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، ދުވަހުން ދުވަހަށް ކަނޑައެޅިފައިވާ ލިމިޓް ހަމަވުމުން އެ ދުވަހަކު އިތުރު މުއާމަލާތްތައް ނުކުރެވޭތީ އާންމުންގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް