މާލެއަށް މޭ 15، 2026 ވަނަ ދުވަހު ކުރި ވިއްސާރަ. ފޮޓޯ: ރާއްޖެ ޓައިމްސް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ލަފާކޮށްފިއެވެ. މެޓް އޮފީހުން ބުނީ މިއީ މޫސުމީ ވިއްސާރައެއް ކަމަށާއި، ބައެއް ސަރަޙައްދުތަކަށް ގުގުރުން އެކަށީގެންވި ނަމަވެސް، އާންމުކޮށް ވައި މަޑުވެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

މި ވިއްސާރައާ ގުޅިގެން މިއަދު ހެނދުނު 08:45 އިން މެންދުރުފަހު 14:45 އަށް މާލެ އަތޮޅުން ފެށިގެން ކޮޅުމަޑުލާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

އާންމުކޮށް އޮކްޓޫބަރު މަހު ވާރޭވެހޭ މިންވަރަށް ބަލާއިރު، މިއަހަރުގެ އޮކްޓޫބަރު މަހު އުތުރާއި މެދުރާއްޖެތެރެއަށް އާންމު މިންވަރަށްވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމު މިންވަރަށްވުރެ މަދުންނެވެ. އަދި މި މަހު މުޅި ރާއްޖޭގެ ފިނިހޫނުމިން އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް