ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކެއް

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 50 ޕަސެންޓް ފްލެޓަށް ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެޗްޑީސީން 12،000 އަށް ވުރެ ގިނަ ފްލެޓު ބަލަހައްޓަމުންދާއިރު، ކުލި ނުދައްކައި އުޅެނީ މާލީ ހާލަތު ހުރިގޮތުންނާއި އެކި ސަބަބުތައް ދިމާވެގެން ކަމަށެވެ. ކުލި ނުދައްކާ މީހުންގެ ތެރޭގައި ފްލެޓަށް ވަން ފަހުން އެއްގޮތަކަށްވެސް ކުލި ނުދައްކާ މީހުންނާއި ގަވާއިދުން ކުލި ނުދައްކާ މީހުން ހިމެނޭއިރު، އެފަރާތްތަކަށް ކޮންމެ ތިން މަހަކުން "ޕޭމަންޓް އެޑްވައިސް" ނޯޓިސް ފޮނުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ފްލެޓުތައް ގަވާއިދާ ޚިލާފަށް ކުއްޔަށްދޭތޯ ބެލުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާކަން ފާހަގަކުރައްވައި، ހިޔާގެ ހުރިހާ ފްލެޓަކަށް ޒިޔާރާތްކޮށް ބަލާފައިވާ ކަމަށާއި، އެންމެ ފުރަތަމަ އިސްކަންދިނީ އެތަންތަނުގައި އުޅޭ ބޭރު މީހުން ނެރުމަށް ފްލެޓުގެ ވެރިފަރާތަށް އެންގުމަށް ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް