ޤައިދީންނަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ޕޯސްޓެއް

ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފޯރުކޮށްދޭ ސިއްޚީ ފަރުވާ ތަރައްޤީކޮށް، އިދާރީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި "ކަރެކްޝަނަލް ހެލްތްކެއަރ ސަޕޯރޓް" ގެ ނަމުގައި ޚާއްސަ ޕޯސްޓެއް ހުޅުވައިފިއެވެ.

މި ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ މެނޭޖްމަންޓް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕޯސްޓް ހުޅުވުމަށްފަހު، ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެ އިދާރާގެ މެދުގައި ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ތަފާތުކުރުމެއް ނެތި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަކީ ގާނޫނުން ލާޒިމުކުރާ އަސާސީ ޚިދުމަތަކަށްވާއިރު، މިހާރުވެސް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިންނާއި ޖަލުތަކުގައި ގާއިމުކޮށްފައިވާ މެޑިކަލް ސެންޓަރުތައް މެދުވެރިކޮށް އެފަރާތްތަކަށް ފަރުވާ ދެމުންދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް