ދ. އަތޮޅު ކަނޑިންމަ ރިސޯޓުގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޗައިނާއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





