ޖަލުތައް ބަަލައިފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: ފުލުހުން

ފުލުހުންގެ ނަމުގައި ވައިބާ ފަދަ މެސެޖިން އެޕްތައް މެދުވެރިކޮށް ސްކޭމްތަކެއް ހިންގަމުންދާތީ އެ ކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ސްކޭމްތައް ހިންގަނީ ދިވެހި ފުލުހުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައިގެން ބޭރުގެ ނަންބަރުތަކުން ގުޅައި މެސެޖުކޮށްގެންނެވެ. އަދި މިފަދަ އެކައުންޓުތަކުގެ ނަމުގައި ބަހުގެ ކުށްތައް ހުންނަކަމަށާއި، އޯޓީޕީ ފަދަ އަމިއްލަ މައުލޫމާތު ހޯދަން އެދޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ބޭންކް އެކައުންޓުގެ މައުލޫމާތާއި، އޯޓީޕީ އަދި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި، ދިވެހި އިދާރާއެއްގެ ނަމުގައި ބޭރުގެ ނަންބަރުތަކުން ކުރާ ކޯލްތަކަށް ޖަވާބުނުދީ، އެފަދަ ނަންބަރުތައް ވަގުތުން ބްލޮކްކޮށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެއިތުރުން، އާއިލާގެ މެންބަރުންނާއި ރައްޓެހިން، ޚާއްޞަކޮށް ދޮށީ އުމުރުގެ މީހުން މިފަދަ ކަންކަމަށް ހޭލުންތެރިކުރުވައި، އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަބަދުވެސް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް