ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން މެންދުރުފަހު 14:30 އެހައިކަންހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ ގއ. ކޮލަމާފުށި، އުދަރެސް، އަޙްމަދު މިސްޙާޤު (45 އަހަރު) އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





