އޭޖީ އުޝާމް -

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު، އެ މުދާ ވިއްކާލައިގެން ލިބޭ ފައިސާއިން ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދެވޭގޮތަށް އެކުލަވާލާފައިވާ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި މި ބިލުގެ މަގުސަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން މާލީ މަންފާ ހޯދުން ހުއްޓުވުމާއި، ނުޙައްގުން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ގާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމެވެ.

މި ބިލުގެ ދަށުން ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، ކޮރަޕްޝަން އަދި 100،000 ރުފިޔާއަށްވުރެ މަތީގެ ވައްކަމާއި ހިޔާނާތް ފަދަ 15 ކުށަކުން ހޯދާ މުދާ ދައުލަތަށް ނެގޭނެއެވެ.

އަދި ހިފެހެއްޓޭ މުދާ ބެލެހެއްޓުމަށް މާލިއްޔަތާ ބެހޭ ވުޒާރާގެ ދަށުން "އެސެޓް މެނޭޖްމެންޓް އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް އުފެއްދުމާއި، އަވަހަށް ހަލާކުވާ ނުވަތަ އަގު ވެއްޓޭ ބާވަތުގެ މުދާ ހައިކޯޓުގެ އަމުރާއެކު ވިއްކާލައި، އޭގެއިން އަނިޔާލިބުނު ފަރާތްތަކަށް ބަދަލު ދިނުމުގެ އުސޫލުތައް މި ބިލުގައި ވަނީ ހިމަނާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް