Share އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މާކެޓު ރޭޓަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ތަކެއްޗާއި ޚިދުމަތްތައް ހޯދައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް މުއާމަލާތްތައް ހިންގުމުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

2022 އިން 2024 އަށް އެ ހޮސްޕިޓަލުން ހިންގާފައިވާ މާލީ މުއާމަލާތްތަކުގައި ބާޒާރުގެ އަގުތަކަށް ނުބަލައި ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 34،000 ރުފިޔާއަށް ގަނެވެން ހުރި ލެބޯޓަރީ ކޮންސިއުމަބަލްސް މާކެޓް އަގު ކަށަވަރުނުކޮށް 1.7 މިލިއަން ރުފިޔާއަށް ގަނެފައިވާއިރު، އިއުލާންކުރުމެއް ނެތި 583،000 ރުފިޔާ އަގުބޮޑުކޮށް ވޭނެއް ގަތުމާއި، ބޭނުންނުކުރާ ކޮޓަރިތަކަށް ކުލި ދެއްކުމުގެ އިތުރުން ޓެންޑާ ބޯޑުގެ ހުއްދަނެތި މަސައްކަތްތައް ހަވާލުކުރުން ފަދަ ގިނަ މައްސަލަތަކެއް ވަނީ ފާހަގަވެފައެވެ.

އެހެންކަމުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކޮށް، މާލީ ނިޒާމު ހަރުދަނާކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް