ސްލޮވީނިއާގެ އޭސީސީއަށް ޕައިލެޓުން ތަމްރީނުކުރުމުގެ ހުއްދަ ސިވިލް އޭވިއޭޝަނުން ދީފި

ސްލޮވީނިއާގެ އޭވިއޭޝަން ކެރިއާ ސެންޓަރު (އޭސީސީ) އަށް، އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ދީފިއެވެ. "އޭޓީއޯ 017" ގެ ނަމުގައި މި ހުއްދަ ދޫކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މި ހުއްދައިގެ ދަށުން، ސިވިލް އޭވިއޭޝަނުން ފާސްކޮށްފައިވާ ޕްރައިވެޓް އަދި ކޮމާޝަލް ޕައިލެޓް ޓްރެއިނިންއާއި، އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ކޯސްތަކުގެ އިތުރުން ފްލައިޓް އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯސްތައް ހިންގުމުގެ އިހުތިޔާރު އޭސީސީއަށް ލިބޭނެއެވެ. މީގެ އިތުރުން ސްލޮވީނިއާގެ މާރިބޯގައި ހުންނަ އޭސީސީގެ ފްލައިޓް ސިމިއުލޭޓަރަށްވެސް ސިވިލް އޭވިއޭޝަނުން ވަނީ ކޮލިފިކޭޝަން ސެޓްފިކެޓެއް ދޫކޮށްފައެވެ.

މި ނިންމުމާއެކު، ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ އޮނިގަނޑުގެ ދަށުން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ސްލޮވީނިއާގައި ތަމްރީނު ހޯދުމުގެ އާ މަގެއް ފަހިވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް