ހެލްތު މިނިސްޓަރު ގީލާ އަލީ

މި ފަހުން ރާއްޖޭގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވި ނަމަވެސް، މި ވަގުތު އެ ބަލީގެ އެކްޓިވް ކޭސްއެއް ރާއްޖޭގައި ނެތް ކަމަށާއި ބަލީގެ ހާލަތު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައެޅި ގައުމަކަށްވީ ނަމަވެސް، މި އަހަރުގެ މެއި މަހުގެ ފަހުން ރާއްޖެއިން ބޭރަށް ގޮސް އުޅުމުގެ ތެރޭގައި އެތެރެވި ކޭސްތަކަކާ ގުޅިގެން 282 މީހަކަށް މި ބަލި ޖެހިފައިވެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަލިން އަރައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ވެކްސިންއެވެ. އެގޮތުން ފަހުން ފެށި ވެކްސިން ކެމްޕޭނުގެ ތެރެއިން 16،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް