ބްރިޖުން ހިނގާފައި ހުޅުމާލެ އާއި އެއާޕޯޓަށް ދާ މީހުންނަށް ފިޔަވަޅު އަަޅާނެކަަމަށް ފުލުހުން ވަނީ ބުނެފައި

ސިނަމާލެ ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއާޕޯޓަށާއި ހުޅުމާލެއަށް ދާ މީހުންނާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ 30 އޯގަސްޓް 2018 ގައި ބްރިޖު ހުޅުވުނީއްސުރެ ހިނގާފައި އެއާޕޯޓަށް ނުވަތަ ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ބްރިޖުގެ އެއާޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން އަދިވެސް ދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާންތައް ހަރުކޮށްފައިވާނެ ކަމަށާއި، މި ނިޝާންތަކާ ހިލާފަށް ބެރިކޭޑުތައް ހުރަސްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް