ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕެކޭޖެއް މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި 3،252 ގްރާމްގެ ކެނަބިސް ވަނީ އަތުލައިގެންފައެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އެ ޕެކޭޖުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލުމުން ކެނަބިސް ފެނިފައިވީ ނަމަވެސް، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވެފައިވާއިރު، އެފަދަ މައްސަލަތަކުގައި ޕެކޭޖާ ހަވާލުވާން ދާ މީހުން ހައްޔަރުކޮށް ޖަލު ހުކުމްވެސް ކޮށްފައިވެއެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި ޕޯސްޓް މެދުވެރިކޮށް ގެންނަ ޕެކޭޖުތައް ސްކޭންކޮށް، ޝައްކު ކުރެވޭ ޕެކޭޖުތައް ވަކިން ބަހައްޓައިގެން އިތުރަށް ބަލައިފާސްކުރުމުގެ މަސައްކަތް އަބަދުވެސް ކުރިއަށްދެއެވެ.




