ޑިފެންސް މިނިސްޓަރަކަށް ހަސަން ރަޝީދު އައްޔަންކޮށްފި އެވެ.
ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އަލުން ތަރުތީބުކުރީ، އިއްޔެގެ ވަގުތެއްގައި 10 މިނިސްޓަރަކު ކުއްލި ގޮތަކަށް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ވެރިކަން ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ އިސްލާހީ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންނެވެ.
ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސް މުއިއްޒު ވަނީ ބައެއް ވުޒާރާތައް އުވާލައްވައި އެހެން މިނިސްޓްރީތަކާ ގުޅުވާލައްވާފައެވެ.
މިއާއެކު ކެބިނެޓުގެ ޖުމްލަ އަދަދު 15 އަށް ކުޑަކުރައްވައި، އައު ކެބިނެޓެއް ވަނީ އެކުލަވާލައްވާފައެވެ.
މިގޮތުން އައްޔަނުކުރެއްވި ބޭފުޅުންގެ ތެރެއިން 13 މިނިސްޓަރަކު މިހާރު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.





