ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން މިހާތަނަށް ވަކިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމެވެ.
މީގެ އިތުރުންވެސް ބައެއް ވަޒީރުން މަގާމުން ވަކިކުރެއްވި ކަމުގެ ހަބަރުތައް ލިބެމުންދިޔަ ނަމަވެސް، އެއީ ކޮން ބޭފުޅުންނެއްކަން އަދި ސާފެއް ނުވެއެވެ.
މި ސަރުކާރު އުފެދުނު ދުވަސް ކަމަށްވާ 17 ނޮވެމްބަރު 2023 ގައި، ދިފާއީ ވަޒީރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ގައްސާން މައުމޫނެވެ.




