ބޮޑުތަކުރުފާނު މަގު 3ވަނަ ފިޔަވަހި: ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އޮކްޓޫބަރު 5 ގައި އަމަލީ މަސައްކަތް ފެށި މި ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ މިހާރު ހުރި ހޮޅިތައް އެޅުމާއި ގުޅުވުމުގެ މަސައްކަތްތަކެވެ. އަދި ލީން ކޮންކްރީޓް އެޅުމާއި ކޭބަލް އެޅުމުގެ މަސައްކަތް މި ހަފުތާގައި ފެށުމަށް ތާވަލުކޮށްފައިވާއިރު، ކެޗްޕިޓް ހެދުމާއި ނިޒާމު އަޕްގްރޭޑް ކުރުމަށް އަޅަންޖެހޭ މައި ލައިންތަކުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްހޫރީ މައިދާނުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ހަދައި ނިންމާފައިވާއިރު، ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވަނީ މަގު ފުޅާކޮށް ތަރައްޤީކޮށްފައެވެ. އައިޖީއެމްއެޗް ސަރަހައްދުން 3 ވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާއިރު، މުޅި މަޝްރޫޢު އެއްކޮށް ނިމުމުން މާލޭގެ ދަތުރުފަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މާލެއަކީ ފަސޭހައިން އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭ ހިތްފަސޭހަ ސިޓީއަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް