މާލެ ސަރަހައްދުގައި ކުރިއަށް އޮތް ރޯދަމަހު މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.
އެގޮތުން މިނިސްޓްރީން ވަނީ ރަމަޟާން މަހު އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަދުވަހުގެ ނިޔަލަށް ގްރޭޓާ މާލޭ ސަރަހައްދުގައި މުދާ އުފުލަންވީ ގަޑިތައް ކަނޑައަޅާފައެވެ.
ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް.
- ހެނދުނު08:00 އިން 09:30 އަށް
- ހަވީރު 16:30 އިން 20:00 އަށް
ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް؛
- ހަވީރު 16:30 އިން 20:00 އަށް
މިއެންގުމާއި ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން -/750 ރުފިޔާ އިން ޖޫރިމަނާކުރާނެކަަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




