ކުޑަހުވަދޫގައި ޑަޔަލިސިސްގެ ހިދުމަތް ފަށައިފި

ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ.

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރަސްމީކޮށް ޚިދުމަތް އިފްތިތާހުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ޑަޔަލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންގްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތް ހޯދުމުގައި ކޮންމެ ދުވަހަކުވެސް ބަލިމީހުން 4 ގަޑިއިރު ހޭދަކުރަންޖެހެއެވެ.

ޑަޔަލިސިސްގެ ޚިދުމަތް ދ. އަތޮޅުގައި ފައްޓަވައިދެއްވާައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ކުޑަހުވަދޫގައި ފެށިގެން ޑަޔަލިސިސްގެ ޚިދުމަތް ފެށުމާއެކު އެރަށުގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް