މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ ރަސްމީ ލިޔެކިޔުންތަކެއް ހުރި ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި ކަމަށް ކުރި ރިޕޯޓަކާ ގުޅިގެން ބެލި ބެލުމުން، އެއްވެސް ލިޔެކިޔުމެއް ނުވަތަ އެހެން އެއްޗެއްވެސް މަދުވެފައި ނުވާކަން ފުލުހުން ޔަގީންކޮށްދީފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމުން އެތަނަށް ގޮސް، ފުލުހުންގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން ލިޔެކިޔުންތައް ބަލައި ޗެކްކޮށްފައިވާ ކަމަށެވެ. މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުޅުވައިގެން ހާވާފައި ހުރީ މުވައްޒަފުން ލިޔެކިޔުންތައް އަޅަން ބޭނުންކުރާ، ތަޅުނުލާ ހުންނަ ލޮކަރުތަކެކެވެ.
ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، އެ މިނިސްޓްރީގެ މަސައްކަތްތައް މިހާރު ވަގުތީގޮތުން ހިންގަމުންދަނީ ދަރުބާރުގޭގައެވެ.





