ޕޮލިޓެކްނިކުން ދިވެހި ބޭސްވެރިންގެ ޖަމްޢިޔާއާ ބައްދަލުކުރައްވައިފި

މޯލްޑިވްސް ޕޮލިޓެކްނިކް އަދި ދިވެހިބޭސްވެރިންގެ ޖަމިއްޔާއާއި އިން މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ބަދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުމުގައި، ދިވެހިބޭސްވެރިކަމުގެ ދާއިރާއިން ޕޮލިޓެކްނިކްގައި މިވަގުތު ކުރިއަށްގެންދާ ކޯސްތަކާއި، މުސްތަޤްބަލުގައި ކުރިއަށްގެންދާނެ ކުރު އަދި ދިގު މުއްދަތުގެ ކޯސްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާއިރު، ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ކުރެވެންހުރި އެކި މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލަފައިވެއެވެ.

ދިވެހިބޭސްވެރިކަން ފަދަ ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން، މިފަދަ ދާއިރާތަކުގެ ތަމްރީނުތައް ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން އަންނަނީ އެތަށް މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް