ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް 4 ޑިސެންބަރު 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައިވޯޓުދިނުމުގެ ޙައްޤު، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ޤާނޫނީ ވަކީލުންނަށް ލިބިގެންވާ ކަމަށެވެ.

މި ދަފުތަރާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ 12 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ.

ޝަކުވާ ހުށަހެޅޭނީ މި ލިންކު މެދުވެރިކޮށް ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް