ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ޔަޒްމީދު އިންތިޚާބުކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު، ޔަޒްމީދު މުޙައްމަދު އިންތިޚާބުކޮށްފިއެވެ.

މިކަން ހާމަކޮށް ޖޭއެސްސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޔަޒްމީދަށް މަރުޙަބާ ކިޔައިފައެވެ.


ޔަޒްމީދަކީ ޖޭއެސްސީގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޢައްޔަންކޮށްފައިވާ ހަމައެކަނި މެންބަރެވެ.

ޖޭއެސްސީގައި ޖުމުލަ 10 މެންބަރުން ތިއްބަވައެވެ. އެއީ ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމްއާއި، އެ ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއާއި، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި، ދަށު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ފަރުހާދު ރަޝީދާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު އިދްރީސް ފައުޒީއާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް