ކޮޅުފުށީ އެފްއާރުސީ ސެންޓަރުގެ ބިންގާއަޅައިފި

މ. ކޮޅުފުށީގައި އެޅުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ބިންގާ މިއަދު އަޅައިފިއެވެ.

އެފްއާރުސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުއެވެ.

ކޮޅުފުށީގައި ތަރައްޤީކުރާ އެފްއާރުސީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އަރިހުގައި މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އަދި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.

ކޮޅުފުށީގައި އެފްއާރުސީ ތަރައްގީކުރާނީ އެމްޓީސީސީއާ ޙަވާލުކޮށްގެންވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮޅުފުށީގެ ދެ މަޝްރޫޢު ޝަރަފްވެރިކޮށްދެއްވުމަށް ފަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ސުނާމީގައި ބޮޑު ގެއްލުމެއް ލިބުނު ކޮޅުފުށީގެ އާބާދީއަކީ ގާތްގަނޑަކަށް 1400 އެއްހާ މީހުންނެވެ. އެކަމަކު ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 800 އެއްހާ މީހުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް