ކޮޅުފުށީ ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ކޮޅުފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެ މަޝްރޫޢުގެ ފައްޓަވައިދެއްވީ، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ނައުފަލްއާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އަދި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢަލީމް ބައިވެރިވަޑައިގެންނެވިއެވެ.

އާރުޑީސީން ކޮޅުފުށީގެ މަގުތައް ތަރައްޤީކުރާއިރު، އެރަށުގެ 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ރަސްމީކޮށް ފެށީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮޅުފުއްޓަށް ވަޑައިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް