ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އާ އިމާރާތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

ވ. ކެޔޮދޫ ސްކޫލުގައި ހަތަރު ބުރީގެ އައު އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރީ އެމްޓީސީސީއާއެކު އެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލްލަތީފް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައުދީ އެވެ.

އާބާދީގައި 650 އެއްހާ މީހުން ދިރިއުޅޭ އެ ރަށު ސްކޫލުގައި 200 އެއްހާ ދަރިވަރުން ކިޔަވައެވެ. އާބާދީ މަދު އެ ރަށުގެ ކަންބޮޑުވުމަކީ އޭ ލެވެލްއަށް ކިޔަވަން، ދަރިވަރުން އެ ރަށުގައި މަޑުނުކުރުމެވެ. އާ އިމާރާތަކީ ޖާގައިގެ ދަތިކަމަށް ލިބޭނެ ވަރަށް ބޮޑު ހައްލެއް ކަމަށް ސްކޫލުން ދެކެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް