އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް، ރައްކާތެރިކަން ކަށަވަރުކޮށްދީ މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން ޖެހޭ: ރައީސް

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް، ރައްކާތެރިކަން ކަށަވަރުކޮށްދީ މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނީއްޔަތުކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީިޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު އިންސާނީއްޔާތުކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ހިއްވަރާއެކު ހަނގުރާމަތަކާއި ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އެކު ދިވެހިރާއްޖެއިން ތިބި ކަމަށެވެ.

ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ދުވަހު ޢައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާއިރު، ޢައްޒާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީ ދައުލަތުން ހުރަސް އަޅަމުންދާތީ އެކަން ދިވެހިރާޢްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި ޢައްޒާއަށް އެކަށީގެންވާ މިންވަރަށް އެހީ ވެއްދުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ބާރުއެޅުމަށްވެސް ދިވެހިރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.

އދ.ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެކަނިވެސް މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ 380 އީންސާނީ އެހީ ފޯރުކޮށްދޭ މީހުން މަރާލާފައިވެއެވެ. މީގެ އިތުރަށް އެތައް ސަތޭކަ ބަޔަކު ރަހީނުކޮށް ހައްޔަރުކޮށް ނުވަތަ އަނިޔާ ދީފައިވާކަން އ.ދއިން ފާހަގަކުރެއެވެ.

މިދުވަސް ފާހަގަކުރަން ފަށާފައިވަނީ، 2008 ވަނަ އަހަރު އދ، އާންމު މަޖިލީހުން ފާސްކޮށްގެންނެވެ. މި ދުވަސް ފާހަގަ ކުރަނީ 2003 ވަނަ އަހަރު ބަޤްދާދު ކާނަލް ހޮޓަލަށް ދިން ހަމަލާގައި އިންސާނީ އެހީދޭ 22 މީހަކު މަރާލި ދުވަހާއި ދިމާކޮށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް