ޗައިނާ އެފްޓީއޭގެ ދަށުން ސެޓްފިކެޓް އޮފް އޮރިޖިން ހޯދަން މިހާރު އޮންލައިނުކޮށް ހުށަހެޅޭނެ: ކަސްޓަމްސް

ޗައިނާ އާއި ދިވެހި ރާއްޖެ ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން އެޤައުމަށް އެކްސްޕޯޓް ކުރާ މުދަލަށް ހޯދަންޖެހޭ ސެޓްފިކެޓް އޮފް އޮރިޖިން ހޯދުމަށް އޮންލައިނުކޮށް މިހާރު އެދެވޭނޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

މިކަން ހާމަކޮށް ކަސްޓަމްސްއިން ބުނީ ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުން އެކްސްޕޯޓްކުރުމަށް ހޯދަންޖެހޭ ހުއްދަ "ކަސްޓަމްސް ޕޯޓަލް" މެދުވެރިކޮށް މިހާރު ހުށަހެޅޭނޭކަމަށާއި ސެޓްފިކެޓް އެޕްރޫވް ވުމުން، ކަސްޓަމްސް ޕޯޓަލްއިން ފެންނަންހުންނޭ ކަމަށެވެ.

އަދި ސެޓްފިކެޓަށް ދައްކަންޖެހޭ ފައިސާ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ދެއްކޭނޭ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ފައިސާ ދެއްކުމުން ސެޓްފިކެޓްގެ ޕްރިންޓެއް ކަސްޓަމްސްއިން ފޯރުކޮށްދޭއިރު، އޮގަސްޓްމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗައިނާއަށް އެކްސްޕޯޓް ކުރާ މުދަލަށް ސެޓްފިކެޓް އޮފް އޮރިޖިން ހޯދުމަށް ހުށަހެޅޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް