ބޮޑީބޯޑިން އެސޯސިއޭޝަން އޮފީހުން ރޭ ވައްކަން ކޮށް، އަގުބޮޑު މުދާތަކެއް ނަގައިފި

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އޮފީހުން ރޭ ވައްކަންކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ، މާލެ ހިޔާ ކައިރީގައި ހުންނަ ގަލޮޅު ޔޫތު ސެންޓަރުގައި ހިންގާ އެ އެސޯސިއޭޝަންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައި ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓު ލިބުނީ މިއަދުގެ ހެނދުނު 8:56 ހާއިރު ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ އެ ތަނުން "ޑެލް އިންސްޕިރޯން 15" ގެ ދެ ލެޕްޓޮޕާއި ލެނޯވޯ ހަތަރު ޓެބްލެޓާއި ދެ ހާޑް ޑިސްކާއި ސެމްސަންގް ފޯނެއްގެ އިތުރުން ވެސް ބައެއް އެހެން ސާމާނު ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެ ތަކެތި ވިއްކަން ނުވަތަ އެ ނޫން ގޮތަކަށް ވެސް ދައުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއްވެސް މައުލޫމާތު އެނގޭ ނަމަ ވީ އެންމެ އަވަހަކަށް 9666918 ނުވަތަ 9499553 އަށް ގުޅުމަށް ބޮޑީބޯޑިން އެސޯސިއޭޝަނުން އެދެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް