އިންސްޕަޔަރިންގ ޔަންގް ލީޑާސް ޕްރޮގްރާމް ދަރުމަވަންތަ ސްކޫލުގައި ކުރިއަށް ގެންގޮސްފި

ދަރުމަވަންތަ ސްކޫލު ގްރޭޑް 9،10 ގެ ސުޓޫޑެންޓް ކައުންސިލަށް "އިންސްޕަޔަރިންގ ޔަންގް ލީޑާސް" ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

އަމާންވެށި ޕްރޮގްރާމުގެ ދަށުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގަލޮޅު ޕޮލިސް ނެއިބަހުޑާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓު ގުޅިގެންނެވެ.

ޖޫން 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ލީޑަޝިޕްސް ސްކިލްސް ،ލީޑަރުންނަކީ ކޮބައިކަމާއި، ލީޑަރުންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން އެފަދަ ކަންތައްތަކުން ރައްކާތެރިވެ ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތާއި، މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަމާއި އާންމު ދިރިއުޅުމުގައި ދަރިވަރުންގެ ޒިންމާއަކީ ކޮބައިކަން ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ވަޒީފާއަކަށް ކުރިމަތިލާއިރު ވިސްނަންޖެހޭ ކަންކަމުގެ މައުލޫމާތު ދިފައިވާއިރު ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް