މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން 42 އަހަރުގެ އަންހެނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ

މާލޭ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މައްޗަންގޮޅިގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލައެއް މިއަދު ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެ އަންހެން މީހާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، "އޯޕަން ފްރެކްޗަރ" ވެ އަނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު، ފުލުހުން ދަނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް