މީޑިއާ ކައުންސިލުގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރެއްވުމަށް ބާއްވާ އިންތިޚާބުގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ނެރުނު އިޢުލާނެއްގައި ވިދާޅުވީ މީޑިއާ ކައުންސިލްގެ ހުސްވެފައިވާ 3 މަޤާމަށް މިއަދު މެމްބަރުން އިންތިޚާބު ކުރާނެ އެވެ.

މީގެ ކުރިން އިންތިހާބުގައި ވާދަކުރާ 2 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން އަލުން މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތައް ތަމްސީލް ކުރައްވާ 8 މެންބަރުންނާއި އާންމުގެ 7 މެންބަރުންގެ މައްޗަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް