ބޮޑުތަކުރުފާނުމަގުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރަނީ

ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯވްކޮށް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ، ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި މީހަކާމެދު ވެސް ފިޔަވަޅު އަޅާނެކަމަށާއި މިގޮތަށް ޓޯ ކުރެވޭ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ޕާކިންއަށް ޚާއްސަކުރެވިފައިވާ ޒޯންތަކުގައި އުޅަނދުތައް ޕާސްކުރުމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް