ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައިފި

ޅ. ނައިފަރު ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައިފިކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނީ ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލަ މި ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން ޖޫން 13 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި އެ ތަކެތި ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓާއި، އަތުކުރީ ގަޑިއާއި، ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހި ހިމެނޭހެން ގަހަނާ ހޯދާފައިވެއެވެ. އަދި ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ވަނީ ހޯދާފައިކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ނައިފަރު ގެއެއް ބަަލައި ފާސްކޮށްފައެވެ. ބާކީހުރި ތަކެތި ހޯދާފައިވަނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް