ވިލިމާލެ ފެރީ ޓާމިނަލްގެ ފުރާޅުން ޓިނު ނަގައިގެން ވަދެ ވައްކަންކޮށްފި

ވިލިމާލެ ފެރީ ޓާމިނަލުގައި ހިންގާ ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން ވަދެ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ފިހާރައިން ވައްކަން ކޮށްފައިވަނީ ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓައި، އެ ތަނުގެ ޓިނު ނަގައިގެން ވަދެ ކަމަށާއި، އެ ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް