ބަޖެޓު އެއާލައިންކަމަށްވާ އެއާ އަރެބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފި

މެދު އިރުމައްޗާއި އުތުރު އެފްރިކާ ސަރަޙައްދުތަކަށް ދަތުރުކުރާ އެންމެ ބޮޑު އެއް ބަޖެޓު އެއާލައިންކަމަށްވާ އެއާ އަރެބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފިކަމަށް އެ އެއާލައިނުން އިޢުލާނުކޮށްފިއެވެ.

އެގޮތުން މިހާރު ކޮންމެ ދުވަހަކު ކުރަމުންދާ ދަތުރުތައް ދެގުނަކުރަން ވަނީ ނިންމާފައިވާއިރު، މި ނިންމުމާ ގުޅިގެން، އަންނަ އޮކްޓޫބަރު 27 އިން ފެށިގެން ޝާރްޖާއާއި މާލެއާ ދެމެދު ދުވާލަކު ދެ ދަތުރު ކުރާނެ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.

އޭރުއްސުރެ މިހާތަނަށް ދުވާލަކު އެއް ދަތުރު ކުރަމުން އައި ނަމަވެސް، އަންނަ އޮކްޓޫބަރު މަހުން ފެށިގެން މި އަދަދު ދެގުނަ ކުރުމަށް ވަނީ ނިންމާފައެވެ. އެއާ އަރެބިއާއިން ޝާރްޖާއާއި މާލެއާ ދެމެދު ދަތުރުތައް ފަށާފައިވަނީ މީގެ ހަތް މަހެއްހާ ދުވަސް ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 27 ގައެވެ.

މިއަހަރގެ އޭޕްރީލް މަހު ބެއްވި އަރަބިއަން ތްރެވެލް މާރކްޓްގައި ޓޫރިޒަމް އެންޑް އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވަނީ އެއަރ އަރަބިއާ ގެ އިސްވެރިންނާއި ބައްދަލުކޮށް ދަތުރުތައް އިތުރުކުރާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް