މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިހް ފަރީދު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި ޝެއިހް ނިޔާވީ މެލޭޝިއާގައި ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެެ ޤައުމަށް މިއަދު ވަޑައިގެން އެއާޕޯޓަށް ފެއިބިތަނާހެންނެވެ. އެގޮތުން ޝެއިހް ފަރީދު ވެއްޓުމުން ސީޕީއާރު ދިންކަމަށާއި، އެހެންނަމަވެސް އޭގެ ކުޑަވަގުތުކޮޅެއް ފަހުން ޝައިހް ނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަލް މައުހަދުން ތައުލީމު ހާސިލު ކުރެއްވި ޝެއިހް ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެެރިއެކެވެ. އެބޭފުޅާ ވަނީ އެކި ރަށްރަށަށް ވަޑައިގެން ވެސް ދީނީ ގިނަ ދަރުސްތައް ދެއްވާފަ އެވެ.

ދީނީ އިލްމުވެރިޔާ އަލީ ޒައިދުގެ ކޮއްކޮ ކަމަށްވާ ޝެއިހް ފަރީދަކީ ދީނީ އެކި މައުލޫމާތު ގެެނެސްދޭ ޓީވީ ޗެނަލް "އަލް ކައުނު" ގެ ޗެއާމަން ވެސް މެއެވެ.

ޝެއިހް ފަރީދު ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް