މ. މުލީގައި 2 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

މ. މުލީގައި 2 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކޮށް އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މަޝްރޫއަކީ މުލީގައި އައުޓް ޑޯ ޖިމަކާއި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ހެދުމުގެ މަސައްކަތްކަމަށެވެ.

އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ
މަޝްރޫއުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައިވާކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް
އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއ،ި ހާއްސަ
އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތުނ،ް 1,034 މީހުންގެ އާބާދީއެއް ދިރިއުޅޭ މ. މުލީ ރައްޔިތުންނަށް މިފެށިގެންދާ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކޭކަމަށާއި މި 2 މަޝްރޫއުގެ ތެރޭގައި ހިމެނެނ،ީ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް ކުރެހުމާ އެއްގޮތަށް އެއް ފަންގިފިލާގެ އިމާރާތެއް ބިނާކުރުމުގެ މަސައްކަތާއި ހުރިހާ ސާމާނެއް ހިމެނޭހެން އައުޓް ޑޯ ޖިމެއް ހެދުމުގެ މަސައްކަތެވ.ެ އަދ،ި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތުގެ ކަރަންޓާއި ފެން ވަޔަރިން މަސައްކަތްތައްވެސް މީގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް