ޙައްޖު ދުވަހާއި އަޟްޙާ ޢީދު ބަންދުގައި ޕާސްޕޯޓުގެ ޚިދުމަތް ދޭނެ

އީދު ބަންދު އަދި ހައްޖު ދުވަހުވެސް އިމިގްރޭޝަނުން ޕާސްޕޯޓު ހިދުމަތް ލިބޭނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، މި އަހަރުގެ ޙައްޖު ދުވަހާއި އީދު ބަންދުގަައި އީދުދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައިވެސް ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އެގޮތުން، ދިވެހި ޕާސްޕޯޓަށް އިމުގާ މެދުވެރިކޮށް އޮންލައިންކޮށް 24 ގަޑިއިރު ހުށަހެޅޭއިރު މި ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް ޕާސްޕޯޓުގެ ޚިދުމަތަށް ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވާކަމަށާއި ޚިދުމަތް ދޭނީ ހަމައެކަނި މާލެ ޞަރަޙައްދުގައި ހިމެނޭ ޕާސްޕޯޓް އޮފީސްތަކުންކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އެހެންނަމަވެސް އިމަރޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ 9555333 ނަންބަރު ފޯނުން ޚިދުމަތް ލިބުމުގަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް