ޓޯވކުރުމުން ވެރިފަރާތުން ނުގެންގޮސް ހުރި 568 އުޅަނދެއް ނައްތާލާފައި

ޓޯވކުރުމުން ވެރިފަރާތުން ނުގެންގޮސް ހުރި 568 އުޅަނދެއް ނައްތާލާފައިކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނީ، ޓޫވކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް ނައްތާލާފައިވާކަމަށެވެ.

އެގޮތުން 2025 މެއި 31 ވަނަ ދުވަހު ވަނީ ޖުމްލަ 568 އުޅަނދެއް ނައްތާލާފައިވާނެކަމަށާއި އޭގެތެރޭގައި ހިމެނެނީ ދެފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދުކަމަށް ފުލުހުން ބުނެފައިވެއެވެ.

 

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް