ޓޯވކުރުމުން ވެރިފަރާތުން ނުގެންގޮސް ހުރި 568 އުޅަނދެއް ނައްތާލާފައިކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ބުނީ، ޓޫވކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް ނައްތާލާފައިވާކަމަށެވެ.
📸 ފުލުހުން ޓޯވކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް ނައްތާލުން.
އެގޮތުން 2025 މެއި 31 ވަނަ ދުވަހު ވަނީ ޖުމްލަ 568 އުޅަނދެއް ނައްތާލާފައި. އޭގެތެރޭގައި ހިމެނެނީ ދެފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު. pic.twitter.com/vtGREhWTzS— Maldives Police (@PoliceMv) June 2, 2025
އެގޮތުން 2025 މެއި 31 ވަނަ ދުވަހު ވަނީ ޖުމްލަ 568 އުޅަނދެއް ނައްތާލާފައިވާނެކަމަށާއި އޭގެތެރޭގައި ހިމެނެނީ ދެފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދުކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް